ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މިހާތަނަށް ކުޅުދުއްފުށީގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކަށް 970 މީހަކު ވޯޓް ލައިފި އެވެ.
ކުޅުދުއްފުށީގައި 8 ވޯޓްފޮއްޓެއް ބަހައްޓާފައިވާއިރު މިއަދު 10 ޖެހުމާހަމައަށް 970 މީހުން ވޯޓްލާފައިވެ އެވެ.
އެއީ 471 އަންހެނުނާއި 499 ފިރިހެނުންނެވެ. އަމީރު އަމީން ސްކޫލުގައި ބަހައްޓާފައިވާ ފޮށި ފިޔަވާ އެހެން ފޮށިތަކުގައި ގިނަ އަދަދަަށް މީހުން ވޯޓްލާ ގޮސް މިހާރުވެސް އެބަތިއްބެ އެވެ.
މިހާތަނަން ބަލާއިރު އެންމެ ގިނަ ވޯޓް އަޅާފައިވަނީ އަފީފުއްދީން ސްކޫލު ހޯލުގެ އުތުރުކޮޅުގައި ބަހައްޓާފައިހުރި ވޯޓްފޮއްޓަށްށެވެ. އެފޮއްޓަށް މިހާތަނަން 154 މީހަކު ވޯޓްލާފައިވެ އެވެ.
މިއަދު 10 ޖެހުމާހަމައަށް ކުޅުދުއްފުށީގައި ބަހައްޓާފައި ހުރި ފޮށިތަކުގެ ތެރެއިން އެންމެ މަދުން ވޯޓް އަޅާފައިވަނީ ނޯތް އޮފީސް ކޮމްޕްލެކްސްގައި ހުރި ފޮއްޓަށެވެ.
ކުޅުދުއްފުށީގައި ހުރި ފޮށިތަކަށް ރީރަޖިސްޓްރީކޮށްފައިވާ މީހުންނާއެކު ޖުމްލަ 5،682 މީހުން ވޯޓްލާނެ އެވެ.