twitterviber whatsapp telegramfacebookyoutube instagram
28th July 2025

މިހާތަނަށް ކުޅުދުއްފުށިން 3000 ވުރެ ގިނަ މީހުން ވޯޓުލައިފި

Sep 23, 2018

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މިހާތަނަށް ކުޅުދުއްފުށީގައި ބަހައްޓާފައިހުރި ވޯޓްފޮށިތަކަށް 3000 ވުރެ ގިނަ މީހުން ވޯޓް ލައިފި އެވެ.

ކުޅުދުއްފުށީގައި 8 ވޯޓްފޮއްޓެއް ބަހައްޓާފައިވާއިރު މިއަދު 2 ޖެހުމާ ހަމައަށް 3085 މީހުން ވޯޓްލާފައިވެ އެވެ.

އެއީ ޖުމްލަ 1728 އަންހެނުންނާއި، 1357 ފިރިހެނުންނެވެ. މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިރުމަތީ ފަރާތުގެ ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ. އެ ފޮއްޓަށް ޖުމްލަ 444 މީހުން މިހާތަނަށް ވަނީ ވޯޓު ލާފައެވެ.

ކުޅުދުއްފުށީގައި ވޯޓުލުން ކުރިއަށް ދަނީ ވަރަށް އަމާންކަމާއި އެކުކަން ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355