ކުރިއަށް އޮތް ފަސްއަހަރަށް ރައީސެއް ހޮވުމަށް ބޭއްވުނު އިންތިހާބުގައި ކުޅުދުއްފުށީގައި ބެހެއްޓުނު ވޯޓު ފޮށިތަކުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދަވައިފި އެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިބޫ ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެން ކާމިޔާބު ކުރައްވާފައެވެ.
މި އިންތިހާބުގައި ކުޅުދުއްފުށީގައި ޖުމްލަ 8 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވާ އެހެން ހުރިހާ ފޮއްޓެއްގައި ކުރިހޯއްދަވާފައި ވަނީ އިބޫ އެވެ.
އިބޫއަށް ކުޅުދުއްފުށީގައި ބެހެއްޓި 8 ވޯޓު ފޮށިން 2531 (%54) ލިބުނު އިރު ރައީސް ޔާމީންއަށް ލިބިފައިވަނީ 2163 (%46) ވޯޓެވެ. ކުޅުދުއްފުށީގައި ޖުމްލަ 4794 މީހުން ވޯޓުލައިފައި ވާއިރު ބާތިލު ވޯޓަކީ 100 ވޯޓެވެ.
އިންތިޙާބުގެ ނަތީޖާ މުޅިން ނިމިގެންދާނީ އިލެކްޝަންސް ކޮމިޝަންއިން ދާއިމީ ނަތީޖާ އިއުލާން ކުރުމުންނެވެ. ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ކޮމިޝަނަށް 7 ދުވަސް ލިބޭނެ އެވެ.