twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައްޔިތުންގެ ނިންމުން ވަރަށް ސާފު. ނަތީޖާއަށް އިޙްތިރާމްކުރަން: ރައީސް

Sep 24, 2018

ގައުމަށް އެންމެ ރަނގަޅުގޮތް ރައްޔިތުން އިއްޔެ ނިންމައިފިކަމަށާއި ނަތީޖާއަށް އިހްތިރާމްކުރައްވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގެ ވެރިކަމަށް އިންތިހާބުކުރާނެ ފަރާތެއް ކަނޑައެޅުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިދިކޮޅު ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް ޔާމީން ދެންމެ ވިދާޅުވީ އިންތިހާބުކުރެއްވި އިބުރާހިމް މުހައްމަދު ސޯލިޙްއާ ބައްދަލުކޮށް، މަރުހަބާ ދަންނަވާފައިވާނޭ ކަމަށެވެ.

“އަޅުގަނޑު މަސައްކަތް ކުރީ ގައުމު އާރާސްތުކުރަން. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯނާނެކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔައީ އަޅުގަނޑު ބުނަމުން.”

އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް ރާއްޖެ އޮތީ ވަރަށް ނާއުންމީދުކޮށް ކަމަށެވެ. އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރިން ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަންހެނުންނާއި ޒުވާނުން އަދި އިސްރައްވެހިންނަށް ގިނަ ކަންތައްތައްކެއް ކޮށްދެއްވިން ކަމަށެވެ.

“އަޅުގަނޑު މަސައްކަތް ކުރީ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ހިދުމަތްކުރަން. އަޅުގަނޑަށް ސަޕޯޓަރުން ދަންނަވާލާނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ރައްޔިތުން ބަސް ބުނެފި، އިހްތިރާމްކުރަން. މާފަށް އެދެން”.

ރައްޔިތުން އިއްޔެ ނިންމިގޮތް ވަރަށް ސާފު، އެނިމުމަށް އިހްތިރާމްކުރަން. ކުޑައިރުކޮޅެއް ކުރިން ދިވެހިން ރާއްޖޭގެ ރައީސްކަމަށް އިންތިހާބުކުރި އިބުރާހިމް މުހައްމަދު ސޯލިޙްއާ ބަންދަލުކޮށް މަރުހަބާ ދަންވަައިފި. ދިވެހިން ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރިން، އެކަމަކު އިއްޔެ ރައްޔިތުން އެމަނިކުފާނުގެ ހިދުމަތާ ދޭތެރޭ ގޮތެއް ނިންމަވައިފިކަމަށެވެ. އެހެން ވީމާ އެމަނިކުފާނު ވިދާޅުވީ ނަތީޖާ ގަބޫލުކޮށްފަ ވެވުނު މިންވަރަކުން ރައްޔިތުންނަށް ހިދުމަތްކުރަން ދެމިހުންނާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގެ އާބާދީއަށް ބެލުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ރަށެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމްކުރަން މަސައްކަތްކޮށްދެއްވިކަމާއި އެމަނިކުފާނުގެ ފަސް އަހަރުވެގެންގޮސްފައިވަނީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނައި ފަސް އަހަރުކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355