twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރު އެހެން ރަށަކަށް ފޮނުވާލާތީ، އެކަމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަނީ

Sep 25, 2018

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރު އެހެން ރަށަކަށް ފޮނުވާލާތީ އެކަމާ ހިތްހަމަނުޖެހިގެން އެރަށުގެ ރައްޔިތުން ސިއްހީ މަރުކަޒު ކައިރީގައި އަޑުއުފުލަމުން އެބަދެ އެވެ.

އެރަށުން ވާހަކަދެއްކި މިހާކު ބުނީ ރައްޔިތުންނަށް ނޭނގި ސިއްހީ މަރުކަޒުގެ ވެރިން އެރަށުގައި ހުރި ޑޮކްޓަރު އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޑޮކްޓަރަކީ ވަރަށް ރަނގަޅު ޑޮކްޓަރެއްކަމަށާއި އެހެންވެ ރައްޔިތުން ބޭނުންވަނީ އޭނާ ރަށު ސިއްހީ މަރުކަޒުގައި ބަހައްޓަން ކަމަށެވެ.

ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ކައިރީގައި އަޑުއުފުލަނީ–

” ރައްޔިތުންނާ ސިއްރުން އެކަން ކުރަނީ. މީގެ ކުރިންވެސް އެ ޑޮކްޓަރު ބަދަލުކުރުމަށް ރައްޔިތުންގެ ނަމުގައި ސިއްހީ މަރުކަޒުގެ ވެރިން ވަނީ މިނިސްޓްރީއަށް ސިޓީ ފޮނުވާފަ.” އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިކަމަކީ ސިއްހީ މަރުކަޒާއި ހަވާލުވެރި ހުރި ބޭފުޅާގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުންވާ ކަންތައްތައްކަމަށާއި އެބޭފުޅާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުން ޕެޓިޝަނެއް ތައްޔާރުކުރަމުންދާކަމަށް އެރަށުން ވާހަކަދެއްކި މީހުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355