twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޝާހިދު އަދި ސައުދުﷲ: ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީން އެންމެ މޮޅު ދަރިވަރުން !

Sep 27, 2018

2017 ވަަނަ އަހަރު ޖަލާލުއްދީން ސްކޫލްގެ މަތީ ސާނަވީ ހުރިހާ ގޮތަކުން އެންމެ މޮޅު 2 ދަރިވަރުންނަށް ހޮވިފައިވަނީ ސައުދުއްﷲ ހުސެއިން އަދި ޝާހިދު ހަސަނެވެ. މީގެ އިތުރުން ސާނަވީ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާތިމަތު ސަޙާ މުހައްމަދެވެ.

ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ ސަޙާ ވަނީ ގައުމީ ގަދަ 10 ގައި ހަތަރުވަނަ ހާސިލްކޮށްފަ އެވެ.

ހދ ކުމުންދޫއަށް އުފަން ސައުދުﷲ މި މަގާމު ހޯދާފައިވަނީ މަތީ ސާނަވީގެ މޭ/ޖޫން 2017 އިމްތިހާނުންނެވެ. އޭނާ ވަނީ ނެޝަނަލް ޓޮޕް ޓެންގެ ގަދަ 4 ވަނާގައި ހިމެނިފަ އެވެ. އަދި ޝާހިދު މި މަގާމު ހޯދާފައިވަނީ އޮކްޓޯބާރ/ ނޮވެމްބަރ 2017 ގެ އިމްތިހާނުންނެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޝާހިދު ވަނީ ގައުމީ ގަދަ ދިހައެއްގެ ތިންވަނަ ހާސިލްކޮށްފަ އެވެ.

ރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި ބޭއްވި 2017 ވަަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މި 3 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސާ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީ ދޭ ހާއްސަ އިނާމު ޖަލާލުއްދީން ސްކޫލުން ދޭ އިނާމު އަދި އަތޮޅު ކައުންސިލުން ދޭ އިނާމު ހަވާލުކޮށްދެއްވީ މި ޖަލްސާ ޝަރަފުވެރި މެހެމާން އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަ ޑރ މަރިޔަމް ޝަހުނީޒާ ނަސީރެވެ.

ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރު ސަޙާ–

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މަރިޔަމް ޝަހުނީޒާ ވިދާޅުވީ ހުރިހާ ކުދިންވެސް މަސައްކަތް ކުރައްވަން ވާނީ ކިޔެވުމުގެ ރޮނގުން އެކުއްޖެއްގެ ރަށާއި އަދި ގައުމަށްވެސް ރީތިނަށް ހޯދައި ދިނުމަށް ކަމަށާއި ލިބޭ ފިލާވަޅު އެހީގައި ދަރިވަރުންގެ ޒިންމާއިން ޣަފިލްނުވެ އެކުއްޖެއްގެ ކުރިމަގު އުޖާލާކުރުމަށެވެ. އަދި ދަރިވަރުންނަށްޓަކާ ބެލެނިވެރިންނާއި ޓީޗަރުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝަހުނީޒާ ވަނީ ޝުކުރު ދަންނަވާފަ އެވެ.

މިދިޔަ އަހަރު އެ ސްކޫލުގެ ދަރިވަރުން ހޯދި ބައެއް ކާމިޔާބީތަކަށް ބަލާއިރު މުހައްމަދު މާއިދު އަބުދުލް މުހުސިންވަނީ މަތީ ސާނަވީ ގައުމީ ގަދަ ދިހައެއްގެ 8 ވަނަ ހޯދާފަ އެވެ. މިދިޔަ އަހަރު ސާނަވީ އިމްތިހާނުތަކުން ގައުމީ ގަދަ ދިހައެއްގައި ސަޙާގެ އިތުރުން 6 ދަރިވަރަކު ހިމެނުނެވެ. އެއީ ހަ ވަނާގައި އަހުމަދު އިބުރާހިމް، 7 ވަނާގައި އަހުމަދު އާދަމް އާއި ފާތިމަތު ރިފާ މޫސާ، 8 ވަނާގައި ސަމްހާ މޫސާ، 10 ވަނާގައި މުހައްމަދު މިރާސް އަބުދުލް ހަމީދު އާއި އައިމިނަތު އަހުމަދެވެ.

މި ޖަލްސާގައި މަރިޔަމް ޝަހުނީޒާ ވާހަކަފުޅު ދައްކަވަނީ–

މި ޖަލްސާގައި ގްރޭޑްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން އަދި ހދ އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުއައިބެވެ. އަދި ސްކޫލުގައި ބޭއްވި އިތުރު ހަރަކާތްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީވެސް ހދ އަތޮޅު ކޮމާންޑަރ ރަޖްނީ ޝުއައިބެވެ.

މީގެ އިތުރުން ޔުނީފޯމް ހަރަކާތްތަކުން ވަނަތައް ހާސިލް ކުރި ދަރިވަރުންނާއި ސާނަވީ ތައުލީމުން ހާއްސަ ވަނަތަކަނަށް ދިޔަ ދަރިވަރުންނަށް އިނާމާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދެވެ.

މަތީ ސާނަވީ ގެ ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށާއި، ބެސްޓް އޯލް ރައުންޑުގައި ހިމެނުނު ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން މަރިޔަމް ޝަހުނީޒާ ނަސީރެވެ.

އިނާމު ހޯދި ބައެއް ދަރިވަރުން–

މި ޖަލްސާގައި 2017 ވަނަ އަހަރު ޖަލާލުއްދީން ސްކޫލު ހިނގައި ދިޔަ ގޮތުގެ ރިޕޯޓް އިއްވަވައި ދެއްވީ ސްކޫލުގެ  ޕްރިންސިޕަލް އަމިނަތު މުހައްމަދެވެ. އެ ރިޕޯޓުގައި ސްކޫލުގެ ދަރިވަރުން ހޯދަމުންދާ ކާމިޔާބުތަކުގެ މައްޗަށާއި ހިންގުނު އިތުރު ހަރަކާތްތަކާއި ހަރަކާތްތަކުން ދަރިވަރުން ލިބުނު ކާމިޔާބުތަކުގެ އިތުރުން ހުސްވި އަހަރު އެސްކޫލަށް ލިބުނު ބަޖެޓާއި ކުރެވުނު ހަރަދުތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދެއްކެވި އެވެ.

މިދިޔަ އަހަރު ޖަލާލުއްދީން ސްކޫލުގައި ޖުމްލަ 484 ދަރިވަރުން ވަނީ ތައުލީމް ހާސިލް ކޮށްފަ އެވެ.

ޖަލްސާގައި މަރުހަބާ ދެންނެވީ ސްކޫލް ކެޕްޓަން ހުމައިދު ހަސަން އެވެ. އަދި ދަރިވަރުންގެ ޝުއޫރުފާޅުކުރީ ފާތިމަތު ސަހާ މުހައްމަދެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355