twitterviber whatsapp telegramfacebookyoutube instagram
12th December 2025

ކުޅުދުއްފުށީ ގެއަކުން ވައްކަން ކުރަންވަދެ ހުރި މީހަކު އަތުލައިގެންފި

Apr 10, 2011

ކުޅުދުއްފުށީ ބެނިސަން ކިޔާ ގެއަށް ރޭ ދަންވަރު ވައްކަންކުރަން ވަދެ ހުރި މީހަކު އަތުލައިގެންފިއެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެއިން އަތުލައިގެންފައިވަނީ ކުޅުދުއްފުށީ ޖަވާހިރުމާގެ އާދަމް މުހައްމަދެވެ. ބެނިސަންގެއަށް ވައްކަންކުރަން އާދަމް މުހައްމަދު ވަދެހުއްޓާ ފެނުނީ އެގޭގެ މީހަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ބެނިސަންގެއިން މައުލޫމާތު ދޭ ގޮތުގައި ރޭ ދަންވަރު ގާތްގަނޑަކަށް އެކެއްޖަހާއިރު، ބެނިސަންގެ އަހްމަދު އަބްދުއްރަހީމް ގެއަށް އައި ވަގުތު ވައްކަން ކުރަންވަދެ ހުރިކަމަށްބުނާ އާދަމް މުހައްމަދު ހުރީ އެގޭގެ ކޮޓަރިއެއްގެ ތެރޭގައެވެ. އެއާއިލާގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އެގެއިން ވަގަށްނަގާފައިވަނީ 3 މޯބައިލް ފޯނާއި 12 ހާސް ރުފިޔާގެ ކެމެރާއަކާއި 2500 ރުފިޔާގެ އިތުރުން 03 ވޮލެޓްވެސް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު މިތަކެތި ގޭގެ ވެރިފަރާތަށް ލިބިފައިވާކަމަށް އެގެއިން މައުލޫމާތު ދެއެވެ.

އާދަމް މުހައްމަދު ހިފެހެއްޓުމަށްފަހު މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355