twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Oct 1, 2018

ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޑައިރެކްޓަރ ޖެނެރަލް  އޮފް ޓްރާންސިޝަންގެ މަޤާމަށް ހ. ސީވީޑް، އަހުމަދު ލަތީފު އައްޔަންކުރައްވައިފި އެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމު ހަވާލުކުރުމާއި އަދި ވަޒީފާގެ އެއްބަސްވުން ހަވާލުކޮށްދެއްވުމަށް މިއަދު ހެނދުނު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި ސީނިއަރ ސްޓާފުންގެ އިތުރުން އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ޤާނޫނު ވާގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަންކުރެވޭ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވުނު ފަރާތުން ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި އެ އޮފީހަށް ބޭނުންވާ އެންމެހާ ތަކެތި ހަމަޖައްސައިދިނުމާއި ރައީސުލްޖުމްހޫރިއްޔާއަށް ހޮވިފައިވާ ފަރާތަށް ސަލާމަތާ ރައްކާތެރިކަން ޤައުމީ ދިފާއީބާރު މެދުވެރިކޮށް ހަމަޖެއްސުމުގެ ކަންކަން ވިލަރެސްކުރުން ހިމެނެއެވެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު ވަނީ މިއީ ރާއްޖޭގެ ތާރީހްގައި މި މަޤާމަށް ބޭފުޅަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ މަސައްކަތުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ޝަމީމު ދެއްވި އެވެ.

ޝަމީމުގެ ވާހަކާގައި މުޅި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން، ރާއްޖޭގެ އަލަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހިމް މުޙައްމަދު ސޯލިޙާއި ނައިބުރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފައިސަލް ނަސީމަށް މަރުހަބާ ދެންނެވި އެވެ. އަދި އެ ދެބޭފުޅުންގެ ޒައާމަތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާ ސިވިލްސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ފަހިކަމާއި އާރޯކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355