twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕީއެސްއިންނަށް އާ ސަރުކާރަށް އެއްބާރުލުން ދިނުމަށް އަންގައިފި

Oct 1, 2018

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގައި އެއްބާރުލުން ދިނުމަށް މިނިސްޓްރީގެ ޕާމަނަންޓް ސެކްޓެރީނަށް އަންގައިފި އެވެ.

އާ ސަރުކާރަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕީއެސްއިންނާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު އިއްޔެ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ވެރިކަން ބަދަލުވާ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕާމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށާއި އަދި އެ މަރުހަލާގައި ކަން ކުރުމަށް ގާނޫނުގައި އަންގާފައިވާ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އަދި އެ ބައްދަލުވުމުގައި ޑރ. ޝަމީމު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާ ވެސް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިއުމަށް ސިވިލް ސާވެންޓުންނާއި އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ބެލެހެއްޓުމަށް އިބޫގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355