twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާން އާތިފް ނިންމަވައިފި

Oct 1, 2018

އަންނަ 2019 ވަނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާނެކަމަށް އަހުމަދު އާތިފް ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ހަރަކާތްތަކުގެ އިސްކޮށް އުޅުއްވާ އާތިފްއަކީ ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލަރެވެ. މިދައުރުގައި އާއި މިދިޔަ ކައުންސިލްގެ ދައުރުގައިވެސް ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީ ޕޯޓްސްގެ އެމްޑީގެ މަގާމުވެސް އާތިފް އަދާކުރައްވާފައިވެ އެވެ.

އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާނެކަން އާތިފް ހާމަކުރެއްވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގަ އެެވެ.

ޓްވީޓްގައި އާތިފް ވިދާޅުވެފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުވެގެންދިޔައީ ވަރަށް ގިނަ ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ހިތްވަރުންކަމަށެވެ. އަދި އެކަމަށް އާތިފް ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އާތިފް އިތުރަށް ލިޔުއްވާފައިވަނީ އަންނަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާނެކަމަށެވެ.

IA we won the Presidential Election with hard work of many supporters and well wishers. Thank you all. I have decided to run in Parliamentary Election 2019, for Kulhudhuffushi South Constituency. Obviously, there will be a primary. @raajjemv @cnm_mv @avasmv @vtvmaldives

— Ahmed Athif (@Ahmed_Athif) October 2, 2018

މިއީ އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެކަން ހާމަކުރެއްވި ފުރަތަމަ ބޭފުޅާ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355