twitterviber whatsapp telegramfacebookyoutube instagram
6th June 2025

ގާނޫނީގޮތުން އިންތިހާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް

Oct 2, 2018

މިިދިޔަ ސެޕްޓެމްބަރ މަހު ބޭއްވި ރިޔާސީ އިންތިހާބު ގާނޫނީ ގޮތުން ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ސައްހަ ކަމާއިމެދު ޝައްކު އުފައްދާ ރޭ ޕީޕީއެމްއިން މުޒާހަރާކޮށް އިންތިހާބު އޮޅުވާލާފައިވާ ކަމަށް އީސީގެ މެމްބަރުންގެ މައްޗަށް ތުހުމަތުތަކެއް ކުރުމާއި ގުޅިގެން ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ބާތިލް ކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް އަދި ހުއްޖަތެއްވެސް ނެތް ކަމަށެވެ.

Inthikhaab baathil kuranjehey Qaanoonee evves sababeh adhi hujjatheh ves neiy!https://t.co/ijAxq2Ypnd

— Ismail Habeeb (@IsmailHabeeb) October 2, 2018

ރިޔާސީ އިންތިޚާބު، ރައީސް ޔާމީނާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބުކުރެއްވި ކަން، ދާއިމީ ނަތީޖާއާ އެކު އީސީން ވަނީ އާއްމުކޮށްފަ އެވެ. އަދި އެއާއިއެކު ރައީސް ޔާމިން ވަނީ ރައްޔިތުންގެ ނިންމުން ގަބޫލް ކުރައްވާ އިބޫ އަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހަބީބް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އީސީ ގެ ރައީސް އާއި އެހެން މެންބަރުންގެ އަބުރު ކަތިނުލައްވާ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި ޖަވާބުދާރީ ކުރުވާނީ މަގުމައްޗަކު ނޫންކަމަށްވެސް ޓްވީޓުގައި ބުނެފައި ވެއެވެ.

Jawaabdharee kuruvanvee magu machchaku noon. Avahah @ElectionsMv ah vadaigannavà!Jawaab dheyn thayyaaru. EC ge raees @ShareefRangondi ài memberunge aburu kathi nulavvaa! Zinmaadhaaru party eh ge gothugai h'arakaaiytheri vumah ilthimás kuran! Shukuriyya! https://t.co/mnn6Cmo9qO

— Ismail Habeeb (@IsmailHabeeb) October 2, 2018

އީސީގެ ރައީސް ޝަރީފް މީހަކާ ވާހަކަ ދައްކާ އޯޑިއޯއެއްކަމަށް ބުނެ މީސްމީޑައާގައި ދައުރުވަމުންދާ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫންކަމަށް ޝަރީފް ވިދާޅުވެފައިވާ ވަނިކޮށް ރައީސް ޔާމިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަން އެ އޯޑިއޯއިން އެނގޭކަމަށް ވިދާޅުވެފައެވެ.

އަދި ޕީޕީއެމްއިން ދަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް އިސްވެ ހުންނަވައިގެން އެ ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355