twitterviber whatsapp telegramfacebookyoutube instagram
28th July 2025

ކަޅު ފައިސާ އާއި ނުފޫޒުގައި ދުވަހަކުވެސް ނުޖެހޭނަން: އަކުރަމް

Oct 2, 2018

އިރާދަކުރެއްވިއްޔާ ކަޅު ފައިސާ އާއި ނުފޫޒުގައި ދުވަހަކުވެސް ނުޖެހޭނަންކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެ އެވެ.

ނިމިގެން މިދިޔަ ރިޔާސީ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާކަމަށްބުނެ ދެކެވޭ ވާހަކަތައް ރައްދު ދެއްވަމުން އަކުރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއްވެސް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

” ރިޔާސީ އިންތިހާބުގެ އެންމެހާ ކަންތައްތައް ކުރިއަށްގެންދިޔައީ ﷲ ގެ ވާގިފުޅާއެކު ގާނޫނީ އިމުގެ ތެރެއިން. އިރާދަކުރެއްވިއްޔާ ކަޅު ފައިސާ އާއި ނުފޫޒުގައި ދުވަހަކުވެސް ނުޖެހޭނަން.” އަކުރަމް ކުރެއްވި ޓްވީޓްގައިވެ އެވެ.

Riyaasee inthihaabuge ehmehaa kanthah thah kuriyah gendhiyaee Allah ge vaagifulhaai eku gaanoonee imuge therein, iraadha kurehviyyaa kalhu faisaa aai nufoozugai dhuvahakuves nujeheynan. Adhi gaanoonaai khilaafu nuvaanan.

— Ahmed Akram (@akram4535) October 2, 2018

އަކުރަމް ވިދާޅުވީ އަދި ގާނޫނާވެސް ހިލާފުނުވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ބަލި ގަބޫލުކުރެއްވުމަށްފަހު މިހާރު ޕީޕީއެމުން ބުނަމުންގެންދަނީ އިންތިހާބު އީސީން އޮޅުވާލާފައިވާ ކަމަށާއީ އިންތިހާބު ބާތިލްކުރުމަށްފަހު އަލުން ބާއްވަން ޖެހޭނެ ކަމަށެވެ.

“އޮޅުވާލި ވޯޓްގެ” ނަމުގައި ޕީޕީއެމުން ރޭ ވަނީ މާލޭގައި މުޒާހަރާވެސް ކޮށްފަ އެވެ. މި މުޒާހާރާގައި އިސްކޮށް ހުންނެވީ ރައީސް އަބުދުﷲ ޔާމީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355