twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ދެމި ތިބޭނަން: އީސީ

Oct 3, 2018

ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަނުން ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ކުރާ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މިހިނދުން މި ހިންދަށް ހުއްޓާލުމަށާއި، ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަނުގެ މެމްބަރުންނާއި، މުވައްޒަފުން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.

މިފަދަ ގޮތަކަށް ނޫސްބަޔާނެއް ނެރެފައިމިވަނީ ރިޔާސީ އިންތިހާބުގައި ވޯޓް އީސީ އޮޅުވާލާފައިވާކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމް ތުހުމަތުކުރާ ދަނޑިވަޅެއްގަ އެވެ. އަދި އީސީގެ ރައީސް ހައްޔަރުކުރުމަށް ގޮވާލައި ޕީޕީއެމުން ދަނީ ކޮންމެ ރެއަކު މުޒާހަރާކުރަމުންނެވެ.

އީސީ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މީސް މީޑިޔާގައާއި އެހެނިހެން ވަސީލަތްތަށް ބޭނުންކޮށްގެން ކޮމިޝަންގެ ރައީސް އާއި މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކާ، މަރުގެ އިންޒާރުދީ ހަދަމުންދާކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިހާބުތަކުގެ ތެރެއިން އެންމެ އިންސާފުވެރި ނަތީޖާ އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް ގެނެސްދެވުނު އިންތިހާބުކަމަށެވެ.

އަދި މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ކެނޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، ބައިނަލް އަގުވާމީ އޮބްޒާވަރުންނާއި، މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބަލައިގަނެފައިވާ އިންތިހާބެއް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންއިން ހާމަކޮށްފައިވެ އެވެ

އެހެން ނަމަވެސް، ރަސްމީ ސިފައެއްގައި މި އިންތިހާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާއި ގުޅޭ އެއްވެސް ޝަކުވާއެއް އެކޮމިޝަނަށް ލިބިފައި ނުވާއިރު، ކޮމިޝަނުގެ މެމްބަރުންގެ ބޮލުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިހާބު ސައްހަ ކަމާއިމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތް ދަނީ ކުރަމުންކަމަށްވެސް އީސީގެ ބަޔާނުގަވެ އެވެ.

އެބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން އަމަލު ކުރަމުންދަނީ ނުފޫޒުންތަކުން އެއްކިބާވެ ތިބެ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355