twitterviber whatsapp telegramfacebookyoutube instagram
19th February 2026

ރައީސް ނަޝީދު ނޮވެމްބަރު އެކެއްގައި ރާއްޖެ ވަޑައިގަންނަވަނީ

Oct 3, 2018

މައްސަލަ ނުނިމުނަސް ނޮވެމްބަރު އެކެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ޖޮއިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 1 ނޮވެމްބަރުގައި މާލެވަޑައިގަންނަވަން ގަސްދުކުރައްވާ ކަމަށެވެ. އަދި މިއަދު ކުރެއްވި ޓްވީޓެއްގައިވެސް އެކަން ވަނީ ޔަގީންކޮށް ދެއްވާފަ އެވެ.

‘Mithurunge hithah dhathi kuri kalhu konme reyyehvesFithurathuge us’oolun nimeynee fathihashe amudhun’Alhugandu gasthukuranee Maiy Allah ge amurufulhaa iraadhafulhaa eku 01 November gai Raajje dhiumah

— Mohamed Nasheed (@MohamedNasheed) October 3, 2018

ޕީޖީ ގްރޫޕަށްފޮނުވި މެސެޖުގައި ނަޝީދު ބުނެފައިވަނީ ނޮވެމްބަރ ގެ ނިޔަލަަށް އެމަނިކުފާނުގެ މައްސަލަ ނުނިމުނު ނަމަވެސް 1 ނޮވެމްބަރުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ނަޝީދު ވަނީ ވެރިކަން ބަދަލު ކުުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ނުގެންދެވޭނަމަ ނައިބު ރައީސް ޖިހާދުގެ ބެއްލުވުމުގެ ދަށުން ކަންކަންކުރުމަށް ވެސް ގޮވާލާފަ އެވެ.

މިހާރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހު 17 ވަނަ ދުވަހުއެވެ. އިބޫ ވައުދުވެ ވަޑައިގެންފައި ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، ރައީސް ނަޝީދާއި އެހެން ވެސް ސިޔާސީ ލީޑަރުން މިނިވަން ކުރައްވާނެ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން އެކި ހުކުމްތަކާއި ތުހުމަތުތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން ވަނީ މިނިވަން ކުރައްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355