twitterviber whatsapp telegramfacebookyoutube instagram
25th May 2025

ޗައިލްޑްސެންޓަރޑް ޓީޗިން ވޯރކްޝޮޕެއް ކުޅުދުއްފުށީގައި ފަށައިފި

Apr 11, 2011

ޗައިލްޑް ސެންޓަރޑް ޓީޗިން ވޯރކްޝޮޕް ފޮރ ސެކަންޑަރީ ޓީޗާރސް ގެ ނަމުގައި ވޯރކް ޝޮޕެއް ކުޅުދުއްފުށީގައި ފަށައިފިއެވެ.

އުތުރުގެ ތިންއަތޮޅުގެ ޓީޗަރުން ނަށް އަމާޒުކޮށްގެން ކުރިއަށްދާމި ވޯރކްޝޮޕްގައި ހއ.ހދ އަދި ށ. އަތޮޅުން 29 ސްކޫލަކުން 32 ޓީޗަރުން ބައިވެރިވިއެވެ. މި ވޯކްޝޮޕް ކުރިއަށް ދަނީ މި އޭޕްރިލް މަހުގެ 9 ން 16 ށް ހދ.ޓީ.އާރ.ސީ ގައެވެ.

ސެންޓަފޮރ ކޮންޓިނިއުއިން އެޑިއުކޭޝަންގެ ޓީޗަރ އެޑިއުކޭޓަރުން މަޢުލޫމާތު ދެއްވަމުން ގެންދާ މި ވޯރކްޝޮޕްގެ މަޤްޞަދަކީ ކިޔަވައިދިނުމުގެ އާގޮތްތައް ޓީޗަރުންނާއި ހަމައަށް ފޯރުކޮށްދިނުމާއި ޚިދުމަތުގައި ތިއްބެވި ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުން ކަމުގައި ޓީއާރުސީ އިން މަޢުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355