twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލަން މާދަމާ ހުށައަޅަނީ

Oct 3, 2018

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހުށައެޅުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފި އެވެ

އިދިކޮޅު ޕާލަމެންޓް ގުރޫޕުން މިއަދު މި ނިންމުން ނިންމާފައިވާއިރު މި ދެ ގާނޫނަކީވެސް އެތައްބައެއްގެ ފާޑުކިއުންތައް އަމާޒުވި ދެ ގާނޫނެވެ.

ޖީ ގުރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މާދަމާ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ގާނޫނެކެވެ. އެ ގާނޫނަށް ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ދެކޮޅު ހެއްދެވި އެވެ.

މީގެ އިތުރުން އަބުރުގެ ގާނޫނު އުވާލުމަށްވެސް މާދަމާ މަޖީލީހަށް ހުށައެޅުމަށް ނިންމަވާފައިވާއިރު އެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

އިދިކޮޅު ޕީޖީ ގުރޫޕުން އެ ދެ މައްސަލަ މަޖިލީހަށް މާދަމާ ވައްދަން ނިންމާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ނިންމާ މަޖިލީހަށް އެކަން އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355