twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ބާރު ގަދަވެ ސައިކްލޯނަކަށް ބަދަލުވެދާނެ: މެޓް

Oct 6, 2018

އިރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ސައިކްލޯނަކަށް ބަދަލުވެ، ރާއްޖެ އަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ދަޕްރެސް ނޫހަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ކުރިއަށް އޮތް ދުވަސްތަކުގައިި މިހާރަށް ވުރެ ބާރުގަދަވާނެ ކަމަށެވެ. އަދި ސިސްޓަމް ސައިކްލޯނަކަށް ބަދަލުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ސީދާ ގޮތެއްގައި އަސަރު ނުކުރި ނަމަވެސް، ނުސީދާ ގޮތުން ތޫފާނުގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ހާމަ ކުރެޔެވެ.

މެޓް އޮފީހުން މޫސުމާއި ބެހޭ ދެމުން ބުނީ އަދި ސައިކްލޯން އަކަށް ބަދަލެއް ނުވާކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ސައިކްލޯނަކަށް ވާނެކަމަށް ބެލެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ތޫފާނުގެ އަސަރު ނުސީދާގޮތުން ކުރާނީ ތޫފާން ރާއްޖެއާއި ދުރަށް ޖެހުމުންދާތީކަމަށާއި، ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ހުޅަނގު ދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމަކާއި ގުޅިގެން ކުއްލިކުއްލި އަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާގަޑީގައި އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

ރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން މަޑުމަޑުން ހުޅަނގު ދެކުނަށް ޖެހެމުންދާ ކަމަށާއި މި ތޫފާން ސައިކްލޯނަކަށް ބަދަލު ވިޔަސް ރާއްޖެ ހުރަސް ނުކުރާނެ ކަމަށާއި، ސިސްޓަމް އުފެދިފައި ވަނީ ރާއްޖެއާއި މާ ދުރުގައި ކަމަށެވެ. އަދި ތޫފާން އިތުރަށް ދުރަށްޖެހެމުން ގޮސް ތޫފާން އަރާނި އޮމާންގެ އައްސޭރިފަށަށް ކަމަށް ބެލެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގުދެކުނުން ކަމަށާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355