twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންތިހާބުގެ ކަންކަން ދިޔައީ ހީކުރި ވަރަށްވުރެ އަމާންކަމާއެކުކަމަށް ޤައުމުތަކުން ގަބޫލުކުރޭ: މާރިޔާ

Oct 6, 2018

ރިޔާސީ އިންތިހާބުގެ ކަންކަން ދިޔައީ ހީކުރި ވަރަށްވުރެވެސް އަމާންކަމާއެކުކަމަށް ދުނިޔޭގެ ޤައުމުތަކުން ބުނަމުންދާކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ތަރުޖަމާން އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ހުރިހާ ކަމަކުންވެސް ފެންނިގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުން އިންތިހާބުގެ ކަންކަން ވަރަށް ގާތުން ބަލަމުންދިޔަކަން ކަމަށެވެ. އަދި ބޭރު ދުނިޔެއަށް ހީކުރެވިފައި އޮތީ ވަރަށް ގިނަ ކަންތައްތައް ކުރިއަށްދާނެކަންކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން އިންތިހާބީ ރައީސަށް ފޯނުން ގުޅުއްވާ މަރުހަބާ ދަންނަވަމުންދާ ކަމަށެވެ.

އަދި އިންތިހާބުގެ ކުރިން އިވެމުން ދިޔަ އަޑުތަކާއި ހިލާފަށް އިންތިހާބުގެ ކަންކަން އަމާންކަމާއެކީގައި ދިޔަކަން ބޭރު ދުނިޔެން ގަބޫލުކޮށްފައިވާކަމަށް މާރިޔާ ވިދާޅުވި އެވެ.

” އެހެންވީމަ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ދިޔައީ ވަރަށް ގާތުން ބަލަމުން.” މާރިޔާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިބްރާހިމް މުހައްމަދު ސޯލިޙްއަށް ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ދަނީ މަރުހަބާ ދަންނަވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355