twitterviber whatsapp telegramfacebookyoutube instagram
5th November 2025

އަމީރު އަމީން ސްކޫލަށް އަންނަ އަހަރު ކުދިން ވެއްދުމަށް ހުޅުވާލައިފި

Oct 7, 2018

2019 ވަނަ އަހަރަށް ކުދިން ވެއްދުމުގެ ފުރުސަތު އަމީރު އަމީން ސްކޫލުން ހުޅުވާލައިފި އެވެ.

ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުރިން ވެއްދުމަށް އެ ސްކޫލުން ފުރުސަތު ހުޅުވާލާފައިވަނީ 18 އޮކްޓޯބަރ 2018 ގެ މެންދުރު 12:00 ހަމައަށެވެ.

ޖާގަ ދިނުމުގައި އިސްކަން ދެވޭނީ ފޯމްލާ ތަރުތީބުން ބޭބީ ނާސަރީއަށް 160 ކުދިން އަދި ނާސަރީއަށް 40 ކުދިންގެ ޖާގަ ހަމަވަންދެން ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

ބޭބީ ނާސަރީއަށް ވަދެވޭނީ 31 މާރޗް 2019 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނެވެ. އަދި ނާސަރީއަށް ވަދެވޭނީ 31 މަރޗު 2019 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިންނެވެ.

ފޯމް ދޫކުރުން މާދަމާ ސްކޫލް އޮފީހުން ފެށުމަށް ހަމަޖެހިފައިވާއިރު ފޯމް ދޫކުރުމާއި ބަލާއިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުުރު 12 ށެވެ. އަދި ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުގެ އައިޑީ ނުވަތަ އައިޑީ ކާޑުގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް ހިފައިގެން އައުމުން ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.

ކޮންމެ ފޯމަކަށް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355