twitterviber whatsapp telegramfacebookyoutube instagram
28th December 2025

ވާރޭގައި ހުރެ ކުރެއްވި އާދޭސް ފިޔަވާ ވޯޓް ހޯދަން ރައީސް ޔާމީން ކުރެއްވި ކަމެއް ނެތް: ލަތީފް

Oct 14, 2018

ރައީސް ޔާމިން ވޯޓެއް ހޯދުމަށް ކުރެއްވީ އެންމެ މަސައްކަތެއް ކަމަށާއި އެއީ ކުޅުދުއްފުށީ އެއާޕޯޓް ހުޅުވައި ދެއްވުމަށް ވާރެޔާ ތެމި ފޯވެ ހުރެ ރައްޔިތުންނަށް ކުރެއްވި އާދޭސްކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ

ރާއްޖެ ޓީވީގެ މިހާރު ކުރިއަށް ގެންދާ “ރައްޔިތުންގެ ހުކުމް” ލައިވް ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް ޔާމިނަކީ އެއްއިރެއްގައިވެސް ރައްޔިތުންނާއި މާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ނޫންކަމަށާއި ވޯޓު ހޯދުމަށްވެސް ރާއްޖެތޭރޭން ވަޑައިގެންފައިވަނީ މަދު ރަށަކަށް ކަމަށެވެ.

ވޯޓެއް ހޯދުމަށް ހަމައެކަނި ކުރެއްވި މަސައްކަތަކީވެސް ކުޅުދުއްފުށީ އެއާޕޯޓު ހުޅުވައި ދެއްވި ދުވަހު “އެ ވާރެޔާ” ތެމި ފޯވެހުރެ ދެއްކެެވި ވާހަކަ އެކަނިކަމަށް ލަތީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ދައުވާ ލިބޭ ގޮތަށް އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލާގައިގެ އަޑުއެހުން މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށްދާއިރު އެސަރަހައްދަށް ވަނީ އާންމުގެ ގިނަ ބަޔަކު އެއްވެފައެވެ.

އެސަރަހައްދުގައި އެއްވެފައި ތިބި މީހުން ދުރަށް ޖައްސައި، ސިފައިންނާއި ފުލުހުން މިހާރު ދަނީ އެސަރަހައްދުގައި ފޯރި މަރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355