twitterviber whatsapp telegramfacebookyoutube instagram
3rd June 2026

އިންތިހާބު ބާތިލްކޮށް، އަލުން ވޯޓްލާން ދިއްދޫގައި އެންމެ ވޯޓްފޮއްޓެއްވެސް ނުބެހެއްޓޭނެ: އަލީ ހާޝިމް

Oct 15, 2018

ރިޔާސީ އިންތިހާބު ބާތިލްކޮށް، އަލުން އިންތިހާބު ބޭއްވުމަށްޓަކާ ދެވަނަ ފަހަރަށް ދިއްދޫގައި ވޯޓްފޮށި ބެހެއްޓިއަކަށް ނުދޭނެކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަށް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރައީސް އަބުދުލްﷲ ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އިޝާރާތްކުރައްވައި ހއ ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އިންތިހާބު ބާތިލްކޮށްފައި ދެވަނަ ފަހަރަށް ވޯޓްލުމަށްޓަކާ އެރަށުގައި ވޯޓްފޮށިވެސް ނުބެހެއްޓޭނެކަމަށެވެ.

އަލީ ހާޝިމް ކުރެއްވި ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ދެވަނަ ފަހަރު އިންތިހާބު ބޭއްވުމަށްޓަކައި ދިއްދޫއަކު ދެނެއް އެންމެ ވޯޓްފޮއްޓެއްވެސް ނުބެހެއްޓޭނެކަމަށާއި ބެހެއްޓިޔަ ނުވެސް ދޭނެކަމަށެވެ.

Mi riyaasee inthihaab baathil koh, alun riyaasee inthihaab beyvvumattakaa Dhidhdhoo aku dheneh emme vote fotteh ves nubehetteyne. Behettiyaka nuves dheynan IA. @SupremeCourtMv @Raajje_tv @VaguthuOnline @cnm_mv @Mihaarunews @kulhudhuOnline @avasmv @vaavu @Sangu_tv @MohamedNasheed

— Ali Hashim Didi (@hashimex) October 14, 2018

ހާޝިމް މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ ރައީސް ޔާމިން ފަރާތްޕުޅުން އިންތިހާބު ބާތިލް ކުރުމަށްޓަކައި ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅުއްވާފައިވާ ދަނޑިވަޅެކެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު ދެވަނަ އަޑުއެހުން މިއަދަށް ވަނީ ތާވަލް ކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355