twitterviber whatsapp telegramfacebookyoutube instagram
5th November 2025

މޭގަން އާއި ހެރީގެ އަލަތު ދަރިފުޅު އުފަން ވާނީ އަންނަ އަހަރު ސްޕްރިންގްގަ

Oct 15, 2018

ޕްރިން ހެރީ އަދި އަނބިކަބަލުން މޭގަން މާކަލް މިހާރު އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން މޭގަން ބަނޑުބޮޑުކަމަށް ކެންޒިންޓަން ޕެލެސް އިން ހާމަކޮށްފި އެވެ.

އެ ޕެލެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އަދި އަނބިކަބަލުން މި ހަބަރު އެންމެނާއި ހިއްސާ ކުރުމަށް އުފާކުރައްވާ ކަމަށާއި ދަރިކަލުން ދުނިޔެއަށް އުފަންވާނީ އަންނަ އަހަރު ސްޕްރިންގ މޫސުން ތެރޭގަކަމަށެވެ.

ޕްރިންސް ހެރީ އަދި މޭގަން ކައިވެނި ކޮށްފައިވަނީ މި އަހަރު މެއި މަހު 19 ވަނަ ދުވަހުއެވެ.

ޕްރިން ހެރީއާއި ކައިވެނި ކުރުމަށް މޭގަން އޭނާގެ ފިލްމީ ކެރިއަރު ދޫކޮށްލާފައިވާއިރު މޭގަން އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355