twitterviber whatsapp telegramfacebookyoutube instagram
19th April 2026

ށ. އަތޮޅުގެ ފަސް ރަށަކަށް ބޭނުންވާ ޖަނަރޭޓަރު ފޮނުވައިފި

Oct 16, 2018

ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ށ. އަތޮޅުގެ ބައެއް ރަށްތަކަށް ބޭނުންވާ ޖަނަރޭޓަރުތައް ފެނަކަ ކޯރޕަރޭޝަނުން ފޮނުވައިފިއެވެ.

ފެނަކަ ކޯރޕަރޭޝަނުން ޖަނަރޭޓަރުތައް ފޮނުވާފައިވަނީ ށ. އަތޮޅުގެ 5 ރަށަކަށެވެ. އެ ފަސް ރަށަކީ ށ. މަރޮށި، ށ. ބިލެއްފަހި، ށ. ނަރުދޫ، ށ. ފޭދޫ އަދި ށ. ގޮއިދޫއެވެ.

މީގެ ތެރެއިން ށ. މަރޮއްޓަށް ފޮނުވާފައިވަނީ 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 63 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ށ. ބިލެއްފަށްސަށް 64 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވާފައިވާއިރު، ނަރުދޫއަށް ފޮނުވީ 128 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. ފޭދޫއަށް 280 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވާފައިވާއިރު، ގޮއިދޫއަށް 80 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީގެ އެހީއާއެކު ކުރިއަށްގެންދާ “ޕްރިޕެއަރިން އައުޓަރ އައިލެންޑްސް ފޯރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް”، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ފޮނުވާފައިވާ ޖަނަރޭޓަރުތަކެއްކަމަށް ފެނަކަ ކޯރޕަރޭޝަނުން ހާމަކުރެ އެވެ.

މި 5 ރަށުގެ އިތުރުން، ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް މިދިޔަ މަހުގެ ތެރޭގައިވެސް ށ. އަތޮޅުގެ 5 ރަށަކަށް ފެނަކަ ކޯރޕަރޭޝަނުން ޖަނަރޭޓަރުތައް ފޮނުވާފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355