twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޯޓުން ކޮންމެ ގޮތަކަށް ނިމުނަސް ފުރިހަމައަށް އިހްތިރާމް ކުރާނަން: ޕީޕީއެމް

Oct 16, 2018

ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހެޅުއްވި މައްސަލަ ކާމިޔާބުވާނެކަމުގެ އުންމީދު އެބައޮތް ކަމަށާއި އެހެންނަމަވެސް ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް އެކަމަށް ފުރިހަމައަށް އިހުތިރާމްކުރައްވާނެކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އޮންލައިން ނޫސް “އަވަސް” ދެއްވި އިންޓަވިއުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް ޔާމީން ގަބޫލުފުޅު ކުރެއްވުމަށްފަހު އަލުން އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަން ޖެހުނީ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ އިންތިހާބާ މެދު ހުރުމުން ކަމަށެވެ.

އަދި ސަރުކާރު ބަދަލުވުމުގެ މަރުހަލާތައް ވެސް އޮމާންކަމާއެކު މިހާރު ވެސް ކުރިޔަށްދާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަކަށް ރައީސް ޔަމީން އަޅާ ނުލާ ދޫކޮށް ނުލައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ އެހެންކަމުން އެތަށް ބަޔަކަށް އިންސާފު ހޯދުމަށް ޕާޓީ އިން ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ކޮންމެ ގޮތަކަށް މައްސަލަ ނިންމިޔަސް އެކަމަށް ފުރިހަމައަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ.

” އަޅުގަނޑަށް ޔަގީން އިރާދަކުރެއްވީއާ އިންސާފު ލިބޭނެ، ނަމަވެސް އަޅުގަނޑުމެންގެ ޕާޓީއަކީ ކޮންމެ ގޮތަކަށް ކޯޓުން ނިންމިޔަސް އަބަދު ވެސް އިހުތިރާމް ކުރާނެ ބައެއް،” އަވަސް ދީފައިވާ އިންޓަވިއުގައި އާރިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355