twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސިއްރު ހެކި ނުނަގަން ނިންމާ، އަޑުއެހުންތައް ނިންމާލައިފި

Oct 16, 2018

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ރައީސް އަބުދުﷲ ޔާމީންގެ ފަރާތުން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

މިއަދު ހެނދުނު 10:00ގައި ފެށުނު މި އަޑުއެހުންތައް މެންދުރު މިވަނީ ނިންމާލާފަ އެވެ. އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި މިއަދު ބޭއްވި ތިންވަނަ އަޑުއެހުމުގައި އެންމެ ފުރަތަމަ ވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގޮތް ނިންމެވީ ތިން ސިއްރު ހެއްކާ ގުޅޭ ގޮތުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލާގައި ސިއްރު ހެކިންގެ ހެކި ބަސް ނަގަންޖެހޭ ހާލަތެއް ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ކަމަށެވެ. އަޑުއެހުންތައް ނިންމާލާފައިވާއިރު ގިނަ ބަޔަކު އަންނަނީ ކޯޓުން ނެރޭނެ ހުކުމަކާމެދު އިންތިޒާރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355