ނޮޅިވަރަމްފަރު ސިއްހީ މަރުކަޒުން 24 ގަޑި އިރު ހިދުމަތް ދޭން ފަށައިފި އެވެ.
އެ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ސިއްހީ މަރުކަޒު އިއްޔެއިން ފެށިގެން 24 ގަޑި އިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފައިވާކަމަށާއި ހޮނިހިރު ދުވަހާ ރަސްމީ ދުވަސްތަކުގައި އޯޕީޑީ ހުޅުވިފައި ހުންނާނީ ހެނދުނު 8:00 ން ހަވީރު 4:00 ށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 ން 11:00 ށް ކަމަށެވެ.
އެ ގަޑި ތަކުގައި އޯޕީޑީ ހުޅުވިފައި ހުރިކަމުގައި ވިއަސް އެމަޖެންސީ ހާލަތެއްގައި ޑޮކްޓަރަކަށް ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.