twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކެލާގެ ރީތިކަން ދެކިލުމަށް ރަނުގެ ފުރުސަތެއް، އަވަހަށް ބުކް ކޮށްލަމާ !

Oct 17, 2018

ކެލާގެ ރީތިކަން ދެކިލުމަށްޓަކައި އެރަށަށް ދާން ބޭނުންވާ ފަރަތްތަކަށް ހޮލިޑޭ ހޯމް ކެލާ (އެޗްއެޗްކޭ) އިން ރަނުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

ދިވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 2 މީހުންނަށް 5 ރޭ ފުލް ބޯޑުގައި ތިބެވޭނެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އެޗްއެޗްކޭ ގެ ޖެނެރަލް މެނޭޖަރު އަސްރަފް ވިދާޅުވީ “ހިނގާ ކެލައަށް ދާން” ނަމުގައި ހިންގާ މި ޕްރޮމޯޝަން ނޮވެމްބަރު 15 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އަދި މީގެ އިތުރުން ގެސްޓުންނަށް ހާއްސަކޮށް ވޯޓާރ ސްޕޯޓް، ސްނޯކްލިން، ނައިޓް ފިޝިން އަދި ރަށުތެރެ ބަލާލުން ފަދަ ކަންކަން ވެސް އެފަރާތުން ހަމަޖައްސައިދޭ ކަމަށާއި ނަމަވެސް މި ހަރަކާތްތަކަކީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ހަރަކާތްތަކެއް ނޫންކަމަށެވެ.

އަދި ޕެކޭޖުގެ އިތުރަށް ޓްރާންޕޯޓަށް ކޮންމެ މީހެއްގެ ދެކޮޅު ޓިކެޓު އެފަރާތުން ހަމަޖައްސައިދޭނަމަ މީހަކަށް 2400 ރުފިޔާ ނެގޭނެ ކަމަށާއި ސްޕީޑް ލޯންޗަށް ކޮޅަކަށް 1500 ރުފިޔާ ނެގޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ކެލާގެ ރީތި މަންޒަރު ފެންނަ ފޮޓޯއެއް–ފޮޓޯ: ކެލާ، ބިއުޓީ އޮފް ނޭޗަރ

މީގެ އިތުރުން އަމިއްލައަށް ޓްރާންސްޕޯޓުގެ ހަމަޖައްސަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅާވާލެވިފައިވާކަމަށާއި ގެސްޓުން ރިސީވް ކުރުމުގެ ކަންކަން އެފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އަސްރަފް ވިދާޅުވި އެވެ.

އެންމެ ރީތި ގޮނޑުދޮށުގެ އެވޯޑް ކެލައަށް

އެޗްއެޗްކޭއަކީ ކެލާގައި ދެ ގެސްޓް ހައުސް ހިންގަމުން އަންނަ ފަރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355