twitterviber whatsapp telegramfacebookyoutube instagram
3rd July 2025

އަބަދުވެސް އެންމެ އިސްކަމެއް ދިނީ ގައުމީ ސަލާމަތަށް: ރައީސް

Oct 17, 2018

އެންމެ ބޮޑު އިސްކަމެއްދިނީ ބޭރުގެ ނުފޫޒުތަކުން ގައުމު ސަލާމަތްކުރަންކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ދާދި ދެންމެއަކު ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާއި ބައްދަލުކޮށްލީ އިހްލާސްތެރި ހިތަކާއެކު ކަމަށާއި އެމަނިކުފާގެ ވެރިކަމުގައި ރައްޔިތުންނަށް ގިނަ ހިދުމަތްތައް ކޮށްދެއްވިފައިވާކަން ގަބޫލުފުޅުކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ގައުމުތަކާ ވެސް ގުޅުން ބައްދަލިކުރިކަމަށާއި އެންމެ ގާތީ އަރަބި އިސްލާމީ ގައުމުތައްކަމަށެވެ.

އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތައް ރާއްޖޭގެ ޚާރިޖީ ސިޔާސަތުން ޖާގަ ހޯދި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އުނދަގޫވިއެއް ކަމަކީ ކޮމަންވެލްތުން ވަކިވުމުގެ ނިންމުން ކަމަށް ވިދާޅުވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com