twitterviber whatsapp telegramfacebookyoutube instagram
12th December 2025

ކުޅުދުއްފުށީ ޒުވާނަކު އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފި

Apr 12, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ޒުވާނުންތަކެއް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރިތާ ހަފްތާއެއްވެސް ނުވަނީސް އަނެއްކާވެސް އިތުރު ޒުވާނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ކޯޕްރަލް އަބްދުލްމަޖީދު މޫސާ ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެރޭ (އާދީއްތަ ދުވަހުގެ ރޭ) 8:45 ގައި ކުޅުދުއްފުށިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ތަކެއްޗާއިއެކު ޒުވާނަކު ހައްޔަރު ކުރިކަމަށާއި އެމައްސަލަ ބަލަމުންދާތީ އެހައްޔަރު ކުރި މީހާގެ ނަމެއް އެފަރާތުން ދެވެންނެތްކަމަށާއި ހައްޔަރު ކުރިމީހާ ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރުދުއް ފަރާތަކުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ބުނީ  ތުހުމަތުގައި ހައްޔަރު ކުރި ޒުވާނަކީ ކުޅުދުއްފުށީ އާސާމް ގޭ އަބޫބަކުރު މުހައްމަދު ކަމަށެވެ.

ކުޅުދުއްފުށީގައި މީގެ ހަތަރު ދުވަސްކުރިން ތިން ޒުވާނަކު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރު ކޮށްފައިވެއެވެ. މިތަނުން އެކަކު ހަމަ އެދުވަހު ވަނީ ދޫކޮށްލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355