twitterviber whatsapp telegramfacebookyoutube instagram
5th November 2025

ޤާނޫނާ ހިލާފަށް ހަރަދުތަކެއްކޮށްފައިވާކަމަށް ބުނެ އެޗްޑީސީގެ އޮޑިޓެއް ހަދަނީ

Oct 18, 2018

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ޤާނޫނާ ހިލާފަށް ހަރަދުތަކެއްކޮށްފައިވާކަމަށް ބުނެ، އެކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނިންމަވައިފިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހާމަކުރާ ގޮތުގައި އެޗް.ޑީ.ސީގެ ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޤަވާއިދާ ހިލާފަށް އެޗްޑީސީން ހަރަދުތަކެއްކޮށްފައިވާ މައްސަލައެއް ހުށަހެޅުމުންކަމަށެވެ.

އެގޮތުން އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އޮޑިޓް އޮފީހަށާއި އޭސީސީ އަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށް އޮޑިޓް އޮފީހުން ހާމަކުރެއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން ބުނީ އެޗް.ޑީ.ސީގެ ހާއްސަ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އޮޑިޓް ތައްޔާރުކުރުމަށްޓަކައި ހާއްސަ ޓީމެއް ހަމަޖެއްސުމާއި ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އެޗް.ޑީ.ސީގެ ހާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާއިރު، މިކަމާ ގުޅޭގޮތުން އެޗް.ޑީ.ސީން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއްނުވާ ކަމަށް ދައުލަތުގެ މީޑިއާ ޕީއެސް އެމް އިން ފާހަގަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355