twitterviber whatsapp telegramfacebookyoutube instagram
16th August 2026

ޑެންގީ ފެތުރޭތީ މަދިރި މަދުކުރަން ދިއްދޫގައި ފޮގްކުރަނީ

Oct 18, 2018

ހއ ދިއްދޫގައި އާދަޔާ ހިލާފަށް މަދިރި އާއި މެހި ގިނަވެ، ޑެންގީހުން ހަލުވިކަމާއެކު ފެތުރެމުންދާތީ މަދިރި މަދުކުމުގެ ގޮތުން ފޮގްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިއްދޫ ކައުންސިލާއި މަނަފަރު ރިސޯޓް ގުޅިގެން ދިއްދޫގައި ފޮގުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ހާސިމް ކޭއޯއަށް ވިދާޅުވި އެވެ. އަލީ ހާޝިމް ވިދާޅުވީ ފޮގްކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫ ހޮސްޕިޓަލާވެސް ގުޅިގެން ކަމަށެވެ. އެމަސައްކަތް މާދަމާ ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބޭނުންވާ ވަރަށް ހޮސްޕިޓަލުގައިވެސް މި ވަގުތު ކެމިކަލް ނެތުމުގެ ސަބަބުން ލިބިފައިވަނީ އެއްދުވަހު ފޮގް ކުރާހާ ކެމިކަލްކަމަށެވެ.

އަލީ ހާޝިމް ފާހަގަ ކުރެއްވިގޮތުގައި މި ދުވަސްވަރު ދިއްދޫގައި މެއްސާއި މަދިރި މިހާ ގިނަވެގެން މި އުޅެނީ ދިއްދޫ ކުނިގޮނޑު ސާފުނުކުރެވި ގިނަ ދުވަސްތަކެއްވެފައި ވާތީ އެވެ.

ދިއްދޫގައި ޑެންގީ ފެތުރެމުންދާތާ މަހެއްހާ ދުވަސް ވެއްޖެކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހާޝިމް ވިދާޅުވީ އެނގިފައިވާ ގޮތުގައި މިހާތަނަށް 9 ކުއްޖަކަށް ޑެންގީ ޖެހިގެން އިތުރު ފަރުވާއަށް ވަނީ މާލެ ފޮނުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355