twitterviber whatsapp telegramfacebookyoutube instagram
7th June 2025

ދާއިމީކޮށް ހިތާއި ނާރުގެ ޑޮކްޓަރުންގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށަނީ

Oct 20, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހިތުގެ ހާއްސަ ޑޮކްޓަރަކާއި ނާރުގެ ޑޮކްޓަރުންގެ ހިދުމަތް ދާއިމީކޮށް އަންނަ ހަފްތާ ތެރޭގައި ފަށާނެކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

ބޮޑުތިލަދުންމަތީގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދަމުން އަންނަ މިހޮސްޕިޓަލުން މާދަމާއިން ފެށިގެން ދާއިމީ ގޮތެއްގައި ހިތުގެ ހާއްސަ ޑޮކްޓަރަކާއި ނާރު ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ލިބެމުންދާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ދެ ޑޮކްޓަރުންނަކީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ހާއްސަކޮށް ގެނެސްފައިވާ ދެ ޑޮކްޓަރުން ކަމަށެވެ. އަދި އެ ދާއިރާގެ ޓެސްޓް ހަދަން ބޭނުންވާ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355