twitterviber whatsapp telegramfacebookyoutube instagram
28th December 2025

ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ސަގީފްގެ ހާއްސަ އިލްތިމާސްއެއް !

Oct 21, 2018

ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ކޮށްފައިވާ ހުސެއިން ސަގީފް އަންނަ މަޖިލިސް އިންތިހާބާ ބޭހޭގޮތުން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަ އިލްތިމާސްއެއް ކުރައްވައިފި އެވެ.

އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާވެސް ތަމްސީލް ކުރެއްވި ސަގީފް ވިދާޅުވީ އަންނަ މަޖިލިސް އިންތިހާބުގައި ބޮޑުތިލަދުންމަތީގެ ދާއިރާތަކަށް ހޮވަންވާނީ އެދާއިރާއަކަށް އުފަން ދަރިއަކަށް ހެއްދެވުމަށެވެ.

ސަގީފް މިކަމަށް އެދި ސުއޫރު ފާޅުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އޭނާގެ ފޭސްބުކް ސްޓޭޓަސް އެއްގައެވެ. ސަގީފު ހާމަކުރި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިދަލުންމަތީގެ ދާއިރާތަކުން ވާދަކުރައްވާ މަންދޫބުންނަކީ ދާއިރާއަށް އުފަން، ދާއިރާއަށް ނިސްބަތްވާ ރައްޔިތެއް ކަމުގައި ހެއްދެވުމަށެވެ.

ސަގީފްގެ ސްޓޭޓަސް–

އަތޮޅާއި ދާއިރާތަކުގެ ހުރި އަސްލު މައްސަލަތަކަށް ވާހަކަ ދައްކަން އެނގޭނީ ދާއިރާއަށް ނިސްބަތްވާ މީހަކަށްކަމަށްވެސް ސަގީފް ފާހަގަ ކުރައްވާފައިވެއެވެ.

އަތޮޅާއި ދާއިރާތަކުގައި ގާބިލު ހީވާގި ވަތަނީ ލޯބި ހުރި ދަރިންތަކެއް ތިބިކަން އެއީ ހަގީގަތެކަމަށެވެ. ދާއިރާގެ ރަށްރަށަށް ގޮސް މަގުތަކުގައި އަމިއްލައަށް ހިނގަން ނޭނގޭ މީހަކަށް ރައްޔިތުންގެ ނަމުގައި ވަކާލާތުކުރަން ހަވާލު ނުކުރެއްވުމަށް ވެސްއޭނާ ވަނީ ގޮވާލާފައެވެ.

ސަގީފް ފާހަގަކުރެއްވިފައިވަނީ އަތޮޅުތަކުގެ ތަރައްގީއަށް އަޑު އުފުލާ ފަރާތެއްގެ ގޮތުގައި އެވެ. މާލޭއާއި އަތޮޅުތެރޭގައި ހުންނަ ތަފާތުކުރުން ނައްތާލުމަށް ސޯޝަލް މީޑީއާގައި ސަގީފް ދަނީ އެކި ފެންވަރުގައި މަސައްކަތްކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355