twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

Apr 12, 2011

އިބްރާހިމް ހަމީދު

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހައުސް ތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ކުޅުދުއްފުށީ ރަސްމީ ދަނޑުގައި އިއްޔެ ފެށިގެން ކުރިއަށް އެބަދެއެވެ.

އެމުބާރާތް ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯ  ކުޅުދުއްފުށީ ފިހާރާގެ މެނޭޖަރ އިބްރާހިމް ރަޝީދެވެ.

އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެމުބާރާތުގެ ކޯޑިނޭޓަރ އަހްމަދު އަބްދުﷲ ވިދާޅުވީ އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ހައުސްގެ މެދުގައި ބޭއްވޭ މި މުބާރާތް އިންތިޒާމް ކުރުމުގެ އެންމެހައި ކަންތައްތައް މިފަހަރު ސްކޫލުން ހަވާލު ކޮށްފައިވަނީ ކުޅުދުއްފުށީގެ ޖަމްއިއްޔާއެއް ކަމަށްވާ ޒިގުޒެގް ފޯރ ޔޫތު ލިންކޭޖާއެވެ.

މުބާރާތުގައި ބައިވެރިވާ ހަތަރު ހައުސްއަކީ ވީނަސް، މާކަރީ، ޕުލޫޓޯ އަދި މާސް އެވެ. މި މުބާރާތް ރޭވިފައިވަނީ ވަކި އުމުރުފުރާއަކަށް ނުވަތަ ވަކި ގްރޭޑްތަކަކަށް ބަހާލައިގެންނެއް ނޫނެވެ. މައިގަނޑު ގޮތެއްގައި ކުދިން ބައިވެރިވެފައިވާނީ ގްރޭޑް ފަހެއް، ހައެއް، އަދި ހަތަކުން ކަމަށް އެސްކޫލުން މައުލޫމާތުދެ އެވެ. އަދި ޓީމެއްގައި ސާދަކުޅުންތެރިން ތިބޭނެކަމަށާއި ގިނަކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޓީމެއްގައި ކުޅުމަށް ހަމަޖައްސާފައިވަނީ ހަތް ކުޅުންތެރިން ހިމަނައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު  ފުރަތަމަ މެޗްގައި ބައްދަލުކުރީ މާސްއާއި ވީނަސް ޓީމެވެ. އެމެޗް ކާމިޔާބުކުރީ 1 – 0 މާސް ހައުސްގެ ޓީމެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާސް ހައުސްގެ  ޖޯޒީ ނަމްބަރު 17 އަރުޝަދުއެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ޕުލޫޓޯ ހައުސްގެ ޓީމާއި އާއި މާކަރީ ހައުސްގެ ޓީމެވެ. އެމެޗް ކާމިޔާބު ކުރީ 1 – 0 މާކަރީ ހައުސްގެ ޓީމެވެ. މިމެޗްގެ މޭން އޮފްދަ މެޗްގެ މަގާމަށް ހޮވުނީ މާކަރީ ހައުސްގެ ޖޯޒީ ނަމްބަރު 08 ޖަނާނުއެވެ.

މި މުބާރަތް ކުރިއަށްދާނީ މިމަހު އެގާރައިން ފަނަރައަށް ދުވާލަކު ދެމެޗް ކުޅޭ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355