twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނިންގެ ހިދުމަތް ފަށަން ތައްޔާރުވަނީ

Oct 21, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނިންގ މެޝިނެއް ބަހައްޓައި ހިދުމަތްތަށް ތައްޔާރުވެއްޖެ އެވެ.

މިއީ އަތޮޅުތެރޭގެ ރަށެއްގެ ހޮސްޕިޓަލެއްގައި ސީޓީ މެޝިނެއް ބެހެއްޓި ފުރަތަމަ ފަހަރެވެ. މި މެޝިން ބަހައްޓާ މިހާރުވަނީ އިންސްޓޯލްކޮށްވެސް ނިންމާފަ އެވެ. މިއީ އެންމެ ޒަމާނީ ފެންވަރުގެ 128 ސްލައިސްގެ މެޝިނެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ކުރުމަށްޓަކާ މިއަހަރު ރައީސް ޔާމީން ވަނީ 50 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފަ އެވެ.

ސީޓީ ސްކޭންނިންގ ގެ ހިދުމަތް ފެށުމަށް ބޭނުންވާ ބޮޑު ބައި މިހާރު ވަނީ ނިންމާލާފަ އެވެ. މިހާރު ކުރިއަށްދަނީ އެތެރޭގެ ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތެވެ.

އެހޮސްޕިޓަލުން ބުނީ ސީޓީގެ ހިދުމަތް މަސައްކަތް ނިމުނުހާ އަވަހަކަށް ފެށިގެންދާނެ ކަމަށާއި މިހާރު ކުރަމުންދަނީ އެތެރޭގެ ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް މެޝިނުގެ ހިދުމަތް ފެށޭނެ ތާރީހެއް ސީދާ ހޮސްޕިޓަލަކު ހާމަކޮށްފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ ސީޓީ މެޝިނެއް ބަހައްޓަނީ

ސީޓީ މެޝިން ބަހައްޓާފައިވާ އިމާރާތްތަކީ އިންޑިޔާގެ ނިމްސް ކުންފުނިވެސް އެހިދުމަތްތައް ދިނުމަށް މަރާމާތުކުރަމުންދިޔަ ތަނެވެ. އެއީ ކުރީގައި ޖެނެރަލް ވޯޑެވެ. ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަހައްޓަން ގެނައީ 16 ސްލައިސްގެ ސީޓީ މެޝިނެކެވެ. ސަރުކާރުން އެތަނުގައި ބޮޑު ސީޓީ މެޝިނެއް ބަހައްޓަން ނިންމުމުން އެއިމާރާތުގެ ބޮޑުބައެއް އަލުންވަނީ މަރާމާތުކޮށްފަ އެވެ.

އެތަނުގައި އެމްއާރުއައި މެޝިނެއް ބެހެއްޓުމަށްވެސް ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށް އަންނަ މައި ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355