ރިޔާސީ އިންތިހާބު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ރައީސް ޔާމިންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް އިންތިހާބު ބާތިލް ކުރުމަށް ހުށައެޅި މައްސަލަގައި އިންތިހާބު ބާތިލް ކުރަން ޖެހޭ ކަމަށް ހުކުމް ކުރީ އެ ކޯޓުގެ 5 ފަނޑިޔާރުން އިއްތިފާގުންނެވެ.
އެގޮތުން މި ހުކުމުގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައި ނުވާ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށެވެ.
އަދި މީގެ އިތުރުން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޖިނާއީ ތަހުގީގެއް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގަން އަމުރު ކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށްވެސް ހުކުމުގައި ބުނެފައި ވެއެވެ.
މިއަދުގެ ޝަރީއަތައް އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ވެސް މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ.