ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މި އަހަރު ވެސް ހިތާނީ މޫސުމާއި ދިމާކޮށް ހިތާނީ ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފި އެެވެ.
އަންނަ ނޮވެމްބަރ މަހު 25 ން ޑިސެމްބަރ 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ހިތާނުކުރުމަށް ބޭއްނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް މިހާރު ހުޅުވާލާފައިވާއިރު ނޮވެމްބަރ މަހު 4 ހަމައަށް ނަން ނޯޓު ކުރުން ކުރިއަށް ދާނެއެވެ.
ނަންނޯޓު ކުރުން އޮންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2 ން ހަވީރު 6 އާއި ދެމެދުއެވެ.
މީގެ ކުރިންވެސް އެ ހޮސްޕިޓަލުން ހިތާނީ މޫސުމާއި ދިމާކޮށް އެ ހިދުމަތް އަންނަނީ ދެމުންނެވެ.