twitterviber whatsapp telegramfacebookyoutube instagram
7th June 2025

ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވިޔަސް ސާބިތުކަމާއެކު ހުންނާނީ ރައީސް ޔާމީނާއެކު: އަދުރޭ

Oct 21, 2018

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެގޮތަކަށް ބަދަލުވެގެންދިޔަސް ހުންނަވާނީ ރައީސް އަބުދުﷲ ޔާމީންގެ ފަހަތްފުޅުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްފުޅުން އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ސްޕްރީމް ކޯޓުން މިއަދު ނިންމެމުމާއެކު އެވެ.

އަބުދުއްރަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހް ކޮންމެގޮތަކަށް ބަދަލުވެގެން ދިޔައަސް އެބޭފުޅާ ހުންނަވަނީ ރައީސް އަބުދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށެވެ.

Dhivehi Raajjey ge siyaasee mashrahu konme gothakah badhalu vegen dhiyas Alhugandu hunnaanee Ra’ees Yameen ge fahaiypulhugai saabithuve. IA.Ra’ees Yameen ah takai abadhuves fakh’uruveri vaanan @VaguthuOnline @Ch13official

— Abdul Raheem Abdulla (@Banafsaa) October 21, 2018

ރައީސް ޔާމީނަށްޓަކާ އަބަދުވެސް ފަހުރުވެރިވާކަމަށް އަބުދުއްރަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އިންތިހާބު ބާތިލްނުކުރަން ސްޕްރީމް ކޯޓުން މިއަދު ނިންމެވުމާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ސުއޫރުތައްފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355