twitterviber whatsapp telegramfacebookyoutube instagram
19th February 2026

ހައްގަށް ކާމިޔާބު ދެއްވާނެ، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް: އިންތިހާބީ ނައިބު ރައީސް

Oct 21, 2018

ހައްގުގެ މަގުގައި ކުރާ ކޮންމެކަމަކަށްވެސް ކާމިޔާބު ދެއްވާނެކަން ޔަގީންކަމަށް އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގުގައި މަގުގައި ކުރާ ކޮންމެކަމަކަށްވެސް ﷲ ޔާމިޔާބު ދެއްވާނެކަމަށެވެ. ރައްޔިތުންގެ ފަރާތުން ދެއްކި ކެތްތެރިކަމާއި ހިތްވަރަށް ޝުކުރުއަދާކުރައްވާކަމަށް އެމަނިކުފާނުގެ ޓްވީޓެއް ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި، ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ފަރާތްޕުޅުން އިންތިހާބު ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ހުކުމް އިއްވާފައިވަނިކޮށެވެ.

Alhamdhulillah. Haggu maguga kuraa komme kamakah kaamiyaab dhevvaane kan yageen. Thiya dhekkevi hiyvvaraai keitherikamah dhivehi rayyithunnah shukuru dhannavan. Insha Allah, kuriah othee ufaaveri dhuvasthakeh.

— Faisal Naseem (@FaisalNasym) October 21, 2018

ސްޕްރީމް ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ނިމިދިޔަ ސިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބެއް ކަމަށާއި ބާތިލްކުރަން ނުޖެހޭކަމަށެވެ.

ފައިސަލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ﷲ ގެ އިރާދަފުޅުން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355