twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމަކީ އިސްލާހީ ހަރަކާތްތައް ލިބުނު ހިތްވަރެއް: އައިޝާ

Oct 21, 2018

ދިވެހި ރައްޔިތުންގެ ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމަކީ އިސްލާޙީ ހަރަކާތައް ލިބުނު ހިތްވަރެއް ކަމަށް ޤާސިމް އިބްރާހިމްގެ ހަގު އަނބިކަބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެމަނިކުފާނާ ދެކޮޅަށް މިއަދު ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

الحمد للهRayyithunge Nimmun SC in Dhemehehttumee Islaahee Harakaathah Libunu Hiyvareh.#JazeeraaRaajje

— Aishath Nahula (@aishath_nahula) October 21, 2018

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވަމުންގެންދަވާ އައިޝާ ވިދާޅުވީ ރައްޔިތުންގެ ނިންމުން ސްޕްރީމް ކޯޓުން ދެމެހެއްޓުމީ އިސްލާހީ ހަރަކާތްތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

އެކަމަނާ ފިރިކަލުންނާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޝާ ވަނީ ސިޔާސީ ދާއިރާއަށް ނިކުމެވަޑަައިގަނެ، އިދިކޮޅު ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯހިލްއަށް ކެމްޕެއިން ކޮށްދެއްވާފައިވެ އެވެ.

އެގޮތުން އައިޝާ ވަނީ ރަށްރަށަށް ވަކިން ވަޑައިގެން އިބޫ އަށް ކެމްޕެއިންވެސް ކޮށްދެއްވާފައި އެވެ. އަދި އިދިކޮޅު ޖަލްސާތަކުގައިވެސް ވަނީ ބައިވެރިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355