twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިބޫ ނޮވެމްބަރު 11 ގައި ހުވާ ކުރަން ހުރަހެއް ނެތް: އީސީ

Oct 21, 2018

އަންނަ ނޮވެންބަރު މަހު 11 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާކުރުމަަށް އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ނޮވެމްބަރ 11 ވަނަ ދުވަހު އިބޫ ހުވާ ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް އީސީއިން ނިންމާފައިވާއިރު އެކަން އެމަނިކުފާނަށާއި ރައްޔިތުންގެ މަޖިލީހަށް އީސީއިން މިހާރު ވަނީ އަންގާފަ އެވެ.

އީސީން އެކަން އަންގާފައިވަނީ ސަބަބުތަކެއްވެސް ބަޔާން ކުރުމަށްފަހު އެވެ. އީސީން އެގޮތަށް ނިންމާފައިވަނީ 5 މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން އީސީން ބަޔާންކުރި ސަބަބުތަކުގެ ތެރޭގައި ފާހަކަ ކޮށްފައިވާ އެއްކަމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައި ރައީސް ޔާމިން ރިޔާސީ ދައުރު ފެށުނީ ނޮވެމްބަރު 11 ގައި ކަމަށް ކަނޑައަޅާފައި އޮތުމެވެ. ދެ ވަނަ ކަމަކަށް އީސީން ފާހަގަކުރީ ރިޔާސީ އިންތިހާބުގެ ކަލަންޑަރު 2018 ހެދުމުގައި ގާނޫނީ ގޮތުން ބަޔާންކޮށްފައިވާ ތާރީހުތައް ނޮވެމްބަރު 11 އަކީ ދައުރު ހަމަވާ ދުވަސްގެ ގޮތުގައި ބަލައިގެން ކަނޑައަޅާފައި ވުމެވެ.

ރިޔާސީ އިންތިހާބުގެ ދައުރާ ގުޅޭގޮތުން އިންތިހާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފަ އެވެ. އެއިރު ބަންޑާރަ ނައިބުގެ އޮފީހުން ދިން ލަފާގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަގާމްގެ ދައުރު ގުނަން ފަށާނީ،އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައ، އެ ހުވާގެ އިގްރާރުގައި ސޮއިކުރެއްވި ތާރީޚު ކަމުގައިވާ 2013 ނޮވެމްބަރު 17 އިން ފެށިގެން ކަމުގައެވެ.އަދި އެމަނިކުފާނުގެ މަގާމުގެ ދައުރު ހަމަވާނީ 2013 ނޮވެމްބަރު 17 އިން ފެށިގެން ފަސް އަހަރު ހަމަވާ ތާރީހުގައި ކަމަށެވެ.

އެކަމަކު، ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ

ރައީސް އަބްދުﷲ ޔާމީން 17 ނޮވެމްބަރު ގައި ވެރިކަމުގެ ހުވާ ކުރެއްވީ 2013ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުން ދެ ފަހަރަށް އިންތިޚާބު ފަސްކުރުމުން ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ނުކުރެވުމުންނެވެ.

ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރިއިރު ރިޔާސީ ދައުރު ފެށުނީ ނޮވެމްބަރު 11 ގައި ކަމަށް ލިއެފައި ވާތީ އެ ތާރީހުން ފެށިގެން ފަސް އަހަރު ހަމަވާ އަންނަ ނޮވެމްބަރު 11 ގައި އިބޫ ރައީސް ކަމުގެ ހުވާކުރެއްވުމަށް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355