twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަނެއްކާވެސް ސަސްޕެންޑުކޮށްފި

Oct 23, 2018

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ސަސްޕެންޑުކޮށްފިއެވެ.

އަލީ ހުސެން ސަސްޕެންޑް ކޮއްފައިވަނީ ފަސްމަސްދުވަހުގެ މުއްދަތަކަށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ވަނީ އިއްޔެއިން ފެށިގެން ފަސް މަހަށް އަލީ ހުސައިން ސަސްޕެންޑް ކުރީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ނިންމުމެއް ނިންމަންޖެހޭ ތަނެއް ނެތް ކަމަށް އޭނާއާ ހަވާލާދީ މީޑިއާއެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން ކަމަށެވެ.

އެކަމާ ބެހޭގޮތުން އަލީ ހުސައިނާ ސުވާލުކޮށް، ބަޔާން ނެގުމަށް ފަހު، އޭނާގެ އެ އަމަލަކީ ވަކީލުންނާ ބެހޭ ގަވާއިދާ ހިލާފް އަމަލެއް ކަމަށް ވާތީ ފަސް މަހަށް އޭނާ ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް އެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355