twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Oct 23, 2018

ޖުމްހޫރީ ޕާޓީ ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ޖޭޕީން ހާމަކުރާ ގޮތުގައި އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި މަސްވަރާކޮށް ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވީ އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށް އެ ފުރުސަތު ހުޅުވާލުމަށެވެ.

އަލީ ވަހީދުގެ ހުށަހެޅުން ފާސްވެފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޖޭޕީގެ ބާނީ ގާސިމް އިބްރާހިމާއި ޕާޓީގެ އިސް ބޭފުޅުންނާއި ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައިވެ އެވެ.

މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ޖޭޕީގެ ބާނީ ގާސިމް އިބްރާހީމެވެ.

ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.

ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައި އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރުގެ ގޮތުގައި ހަމަޖެއްސުމާއެކު ގާސިމަށް އެ މަގާމު ގެއްލުނެވެ.

ޖޭޕީގެ ކޮންގްރެސްގައި ގާސިމަށް އެ މަގާމަށް ކުރިމަތި ނުލެއްވުނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވި ހުކުމަކީ ބާތިލް ހުކުމެއްގެ ގޮތުގައި ހައި ކޯޓުން ކަނޑައަޅައި ޖަލު ހުކުމުން ގާސިމް ވަނީ މިނިވަންކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355