twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހދ އަތޮޅު ކައުންސިލްގައި ޓްރާންސްޕޯޓް ޔުނިޓެއް ގާއިމްކުރަނީ

Oct 23, 2018

ހދ. އަތޮޅު ކައުންސިލުން ޓްރާންސްޕޯޓް ޔުނިޓެއް ގާއިމުކޮށް ވިޔަފާރި އުސޫލުން ލޯންޗު ދަތުރުގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.

އެކައުންސިލުގެ ނައިބު ރައީސް އަދި މީޑިއާ ކޯޑިނޭޓަރު އިބުރާހިމް އަލީ ވިދާޅުވީ ޓްރާންސްޕޯޓް ޔުނިޓެއް ގާއިމުކުރީ މާލިއްޔަތަށް ފައިސާ ހޯދުމަށް ކަމަށެވެ. އަތޮޅު ކައުންސިލުން، އަތޮޅުގެ ރަށްތަކަށް ވަރަށް ގިނައިން ދަތުރުތައް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޓްރާންސްޕޯޓް ޔުނިޓެއް ގާއިމުކުރެވިގެންދިޔާމަ އެކަމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ނަމަވެސް މައިގަނޑު ބޭނުންމަކީ ކައުންސިލްގެ މާލިއްޔަތު އިތުރުކޮށް އަތޮޅަށް ތަރައްގީ ގެނައުން ކަމަށެވެ. އަތޮޅު ކައުންސިލުން މިޔުނިޓް ގާއިމުކުރުމަށް 924988 ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިހާރުވެސް އަތޮޅު ކައުންސިލްގައި 25 މީހުން ޖާގައިގެން ލޯންޗެއް އޮވެ އެވެ. ޓްރާންސްޕޯޓް ޔުނިޓް ގާއިމުކޮށް އިތުރު ލޯންޗެއްވެސް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިބުރާހިމް ވިދާޅުވީ ކައުންސިލަށް 12 މީހުންގެ ޖާގައިގެ ލޯންޗެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ލޯންޗުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހަފްތާތެރޭގައި ލޯންޗު ކުޅުދުއްފުއްޓަށް ގެނެވޭވަރުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355