twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެ ކައުންސިލް ގުޅިގެން ނެއްލައިދޫގައި އިމާރާތްކުރި ދެކޮޓަރީގެ އެޕާޓުމަންޓް ހުޅުވައިފި

Oct 23, 2018

ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ ކައުންސިލް ގުޅިގެން އިމާރާތްކުރި ދެކޮޓަރީގެ އެޕާރޓްމަންޓް ހުޅުވައިފި އެވެ.

ރަށު ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށްޓަކާ ދެކައުންސިލްގެ ހިއްސާއާއެކު ހެދި މިއިމާރާތް ހުޅުއްވައި ދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ހަސަނާއި، ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމެވެ.

ރަށްވެހިހިޔާގެ ނަމުގައި ހުޅުވި މިއިމާރާތްތަށް އަތޮޅު ކައުންސިލުން 175000 ރުފިޔާ އަދި ނެއްލައިދޫ ކައުންސިލުން 224000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިކަމަށްޓަކާ އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން، އަތޮޅު ކައުންސިލުން ހިންގާ މި މަޝްރޫއަކީ، ރަށު ކައުންސިލްތަކުން ފެންވަރުގައި ވަރަށް ބޮޑު މަޝްރޫއުއެއް ކަމަށެވެ. މިމަޝްރޫއުތަކުގެ ސަބަބުން ކައުންސިލް ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.

މިކަމުގައި ފައިދާ ކައިރި މުސްތަގުބަލެއްގައި ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔުމަށް އުއްމީދުކުރައްވާ ކަމުގައި ހުސެއިން ވިދާޅުވި އެވެ. އަދި ކައުންސިލްގެ މިދައުރުގައި ކޮންމެ ރަށެއްގައިވެސް އިޖުތިމާއީ ނުވަތަ އިގްތިސާދީ މަޝްރޫއެއް ހިންގަވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ބައްޓަންވެފައިވާ ގޮތުން ކައުންސިލްތައް ހިންގުމަށް ދަތިވެފައިވާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނެއްލައިދޫގައި ޢިމާރާތްކުރި ރަށްވެހިހިޔާގެ މަސައްކަތް ކޮށްފައިވަނީ އެރަށު ޖޭ.ޖޭ. އިންވެސްޓްމަންޓާ ޙަވާލު ކޮށްގެންނެވެ. ނެއްލައިދޫގެ އިތުރުން، ކުޅުދުއްފުށީ، ނޮޅިވަރަން، ކުމުންދޫ، އަދި ނޭކުރެންދޫގައިވަނީ އަތޮޅު ކައުންސިލުން 175000 ޚަރަދުކޮށް، ދެކޮޓަރީގެ އެޕާޓްމަންޓެއް އިމާރާތް ކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355