twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މައްސަލާގައި ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރަން ނިންމައިފި

Oct 23, 2018

ދިއްދޫގައި އިމާރާތްކޮށްފައިހުރި ހައުސިންގ ޔުނިޓްތަކެއް ހައުންސިންގ މިނިސްޓްރީ ދޫކުރުމުގައި އަމަލުކޮށްފައިވަނީ ނުހަނު ބޭއިންސާފުވެރިކޮށްކަމަށް ބުނެ އެރަށު ކައުންސިލުން ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރުމަށް ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި މިމައްސަލަ ފާސްވެފައިވަނީ ކައުންސިލްގެ އިއްތިފާގުންނެވެ.

ކައުންސިލުން ބުނެފައިވަނީ ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން އޭ ކެޓަގަރީ އާއި ބީ ކެޓަގަރީގެ ދަށުން ދޫކުރެވުނު ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަމަލުކޮށްފައިވަނީ ނުހަނު ބޭއިންސާފުން ކަމަށާއި އަދި ދިއްދޫ ކައުންސިލްގެ އެއްްވެސް ދައުރެއް އަދާކުރުމަށް ފުރުސަތު ނުދީ ކަމަށެވެ.

އެހެންވުމުން އެކަމުގެ ސަބަބުން އެރަށުގެ އެތައް ރައްޔިތުންނަކަށް ގެއްލުންތަކެއްވެފައިވާތީ ހައުންސިންގ މިނިސްޓްރީ އާއި އެ މަސައްކަތުގައި ބޭއިންސާފުން އަމަލުކުރިކަމަށް ފާހަގަކުރެއްވިފައިވާ އެންމެހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށްޓަކާ ފުލުހަށް މައްސަލަ ހުށަހެޅުމާއި އަދި ކައުންސިލުން އަމިއްލައަށް ކުރެވެން ހުރި މަދަނީ ދައުވާތައް ކުރުމަށް، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ކުރުމަށްވެސް ފާސްކޮށްފައިވެ އެވެ.

ދިއްދޫ ހައުސިން ޔުނިޓްތައް ބަހަނީ ޝައްކު އުފެދޭގޮތައްކަމަށް ބުނެ، މައްސަލަ އޭސީސީއަށް

ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދީފައިވަނީ ސަރުކާރަށް ތާއިދުކުރާ ވަކި ބަޔަކަށްކަމަށް އޭރުވެސް ކައުންސިލުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެމައްސަލަތަކުގައި ކައުންސިލުން ދޫނުދިނުމުން އެލްޖީއޭ މެދުވެރިކޮށް ދިއްދޫ ކައުންސިލަރުންނަށް އޭރު ފިޔަވަޅުވެސް އަޅާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355