twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވިނަ ދަނޑު އަޅާ ލިސްޓްގައި ހަނިމާދޫ ނެތުމުން ޝަހުދީ ކަންބޮޑުވުންފާޅުކޮށްފި

Oct 24, 2018

ފީފާއިން ކުރިއަށް ގެންދާ ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ދަށުން، ވިނަދަނޑު އެޅުމަށް އެފްއޭއެމުން އިއުލާނުކޮށްފައިވާ ލިސްޓުގައި ހދ. ހަނިމާދޫ ހިމެނިފައިނުވާތީ އެދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ކަންބޮޑުވުންފާޅުކޮށްފި އެވެ.

ވިނަ ދަނޑުތައް އަޅަން އެފްއޭއެމްއިން ނިންމާފައިވާ 18 ރަށެއްގަ އެވެ. އެއީ ހއ. މުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުށްފުށި، ށ. މިލަންދޫ، ށ. ފޯކައިދޫ، ރ. އަލިފުށި، ބ. އޭދަފުށި، ބ. ފެހެންދޫ، އއ. މާޅޮސް، އދ. ފެންފުށި، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ގދ. ތިނަދޫ، ގދ. ހޯޑެއްދޫ، ތ. ތިމަރަފުށި، ޏ. ފުވައްމުލައް، ސ. ފޭދޫ އަދި ސ. ހިތަދޫއެވެ.

ބައެއް އަތޮޅުން ދެ ރަށުގައި ނުވަތަ އެއްބައި އަތޮޅުތަކުގައި އެންމެ ރަށެއްވެސް ހިމަނާފައިނުވާތީ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.

Kadhuru kolhu behi iruves Hdh. enmme rashakah dhinee, HDh. ge rayyithunah kura thafaathu kulhivarun ves mi fenunee. Hanimaahoo akee atoll ge hunaruveri football Kulhuntherin thibi rasheh! Hanimaahoo list gai nethumakee hithaama kurakameh! @bassam_jaleeI @MaldivesFA pic.twitter.com/w6euJgdOhY

— Hussain Shahudhee (@HaNaHiFi) October 24, 2018

މެމްބަރު ޝަހުދީ ކުރެއްވި ޓްރީޓެއްގައި ވިދާޅުވެފައިވަނީ ހަނިމާދޫއަކީ އަތޮޅުގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ތިބި ރަށެއް ކަމަށާއި ވިނަ ދަނޑު އަޅާ ލިސްޓްގައި އެރަށް ހިމެނިފައިނުވާތީ ހިތާމަކުރައްވާކަމަށެވެ.

ސައުދީން ރޯދަމަހު ބެހި ކަދުރުވެސް ހދ އަތޮޅުން ލިބިފައިވަނީ އެންމެ ރަށަކަށް ކަމަށާއި ކުޅިވަރުގެ ދާއިރާއިން ފެންނަމުންދަނީ ހދ އަތޮޅު ތަަފާތުކުރާ މަންޒަރުކަމަށް ޝަހުދީގެ ޓްވީޓްގައިވެ އެވެ.

Islands are selected based on minivan championship top 8 of 2017 and 2018. Only two other islands are included based on requests and potential for future. In Sha Allah, we will develop grounds every year and will be linked to minivan championship

— Bassam Adeel Jaleel (@bassam_jaleeI) October 23, 2018

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދަނޑުތައް އަޅާނެ ރަށްތައް ނިންމާފައިވަނީ މިދިޔަ އަހަރާއި މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ގަދަ އަށަކަށް ދަތުރުކުރި ޓީމުތަކަށް ބަލާފައިކަމަށާއި އިތުރު ދެ ރަށް ހިމަނާފައިވަނީ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކުރިމަގަށް ވިސްނާފައި ކަމަށެވެ.

ހަނިމާދޫއިން ވަނީ މިނިވަން ފަންސާސް މުބާރާތުގެ 2016 އަދި 2018 ގެ އެޓޯލް ޗެމްޕިއަންޝިޕްކަން އަދި 2018 ވަނަ އަހަރު އެ މުބާރާތުގެ ޒޯން ޗެމްޕިއަންޝިޕްކަން ހޯދާފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355