ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކުރުމަށް ކުލަބް މުގޫ ސްޕޯޓްސްގެ އެތުލީޓުން މާލެއަށް ގޮސްފި އެވެ.
މާދަމާ ފަށާ ނެޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ކުލަބް މުގޫ ސްޕޯޓްސްއިން 6 އެތުލީޓުން ބައިވެރިވެ އެވެ.
މިމުބާރާތުގައި 100މ،200މ،400މ،800މ،1500މ އަދި 4*100މ،4*400މ ދުވުމުގައި ބައިވެރިވެފައިވެ އެވެ. އަދި ލޯންގް ޖަންޕާއި ހައި ޖަންޕް،ޝޮޓް ޕޮޓް،ޖެވެލިން އަދި ޑިސްކަސް އުކުމުގައި ބައިވެރިވި އެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހު 25-27 ހުޅުމާލޭގަ އެވެ. މުގޫ ސްޕޯޓްސް ކުލަބުގެ އެތުލީޓުން، އެތުލެޓިކްސް މުބާރާތްތަކުން އަންނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.