twitterviber whatsapp telegramfacebookyoutube instagram
16th August 2026

މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

Oct 25, 2018

މިރެއާއި މާދަމާ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް އަދި ބައެއްރަށްތަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

24ގަޑިއިރަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރެވެހޭނެކަމަށެވެ.

ވައި ޖެހެނީ އުތުރު އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި އެހެންހިސާބުތަކުގައި ހުުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 71 މޭލު ދެމެދުގެބާރުމިނުގައި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާނެއެވެ. ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނޭކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355