twitterviber whatsapp telegramfacebookyoutube instagram
16th September 2025

އިންތިހާބުގައި ރައްޔިތުންވި ގުރުބާނީގެ ފޮނި ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެ: އަލީ

Oct 26, 2018

ކޯލިޝަންގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ހޮވުމަށް ރައްޔިތުންވި ގުރުބާނީގެ ފޮނި ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ އަދި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނިމިގެންދިޔަ އިންތިހާބުގައި ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރެއްވުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ވެހިކަލު ބުރު ނިންމާލުމަށްފަހު އެއްވެފައިވާ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން އަލީ މުހައްމަދު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށްޓަކާ ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެ ކަމަށެވެ.

އިންތިހާބުގެ މަސައްކަތްތައް ކުރުމަށް ރައްޔިތުން ހޭދަކުރި އަގުހުރި ވަގުތަށާއި ހަރަކާތްތަކުގައި ބައިވެރިވެ ރައްޔިތުން ދެއްކެވި ހިތްވަރަށް އިހްލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާކަމަށް އަލީ ވިދާޅުވި އެވެ.

ކޯލިޝަނަށް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި މިއަދު ބޭއްވި ވެހިކަލު ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355